Sappe editorial on investigating deaths May 20, 2007
އަނިޔާވެރިކަމާއި ޖިނާއީ ޢަމަލުތައް ނިހާޔަތަށް ގިނަވެފައިވާ ޒަމާނެއްގައި މަރުވެގެންދާ ކޮންމެ މީހެއްގެ މަރު، ފުރިހަމައަށް ތަޙުޤީގް ކުރުމަކީ އެކަމުގެ ޒިންމާ އުފުލަންޖެހިފައިވާ ފަރާތުގެ ވާޖިބެކެވެ. އެހެނީ މަރުވެދާ ކޮންމެ މީހެއްގެ މަރުގެ ތަޙްޤީޤް ފުރިހަމައަށް ކުރެއްވުމާއި މީހެއްގެ މަރުގެ ޒިންމާ އުފުލަންޖެހާ ފަރާތެއް ވާނަމަ އެފަރާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އަދަބު ލިބިދިނުމަކީ ސަރުކާރުގެ ޒިންމާ އެކެވެ. ކޮންމެ ސިފައެއްގައި މީހަކު މަރުވިކަމުގައިވިޔަސް ކަމާއިބެހޭ ޚާއްޞަ ތަޙްޤީޤް ކުރައްވައި މަރުގެ ސަބަބު އެނގޭނޭ ރިޕޯޓެއް މަރުވެފައިވާ މީހާ ވަޅުލުމުގެ ކުރީން އެމީހެއްގެ ބެލެނިވެރީންނަށް ލިބިދިނުމަކީ ސަރުކާރުން ކޮންމެހެން ކުރައްވަން ޖެހޭނެއެވެ.
ތަފާތު ހާލަތްތަކުގައި މީހުން މަރުވަނީ ތަފާތު ސަބަބު ތަކާއިހުރެގެންނެވެ. ހޮސްޕީޓަލުގައި ފަރުވާ ކުރެވެމުންދިޔަ މީހަކު މަރުވުމުގެ ސަބަބަކީ ބަލިމީހާއާއި އެކަށީގެންނުވާ ބޭހެއް ޑޮކްޓަރު ދިނުންކަމުގައި ވެދާނެއެވެ. ކުޑަކުއްޖަކު ވަޅަށް ވެއްޓި މަރުވުމަކީ ބެލެނިވެރިން އެކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެކަމެކެވެ. ޖަލުގައި ހައްޔަރު ކުރެވިފައިވާ ކުށްވެރިއަކު މަރުވުމުގެ ސަބަބަކީ ރަނގަޅު ކާނާ ނުލިބުމާއި ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވުމާއި ދެވޭ އަދަބުތަކުގެ ސަބަބުން ކަމަށް ވުމަކީ ދެބަސް ވެވެންނެތް ޙަޤީޤަތެކެވެ. މޮޔައިން ބަލަހައްޓާ މަރުކަޒެއްގެ ބެލުމުގެ ދަށުގައިވާ މީހަކު ގެނބިގެން، ނުވަތަ ރުކަކުން ވެއްޓި މަރުވެއްޖެނަމަ އޭނާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާ ފަރާތުގެ އިހުމާލު އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މަރުވާ ކޮންމެ މީހަކީވެސް ހަށިގަނޑުގެ އެތެރޭގައިވާ ނިޒާމުގެ ކޮންމެވެސް ބައެއް ނުވަތަ މުޅި ނިޒާމުގެ މަސައްކަތް ހުއްޓުމާއި ވިދިގެން މަރުވާ މީހުންނެވެ. މަރުވާ މީހުން ވަޅުލުމުގެ ކުރީން މަރުގެ ސަބަބު ހޯދުމަކީ ސަރުކާރުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ. ކުށެއްގެ ޒިންމާ އުފުލަން ނުޖެހޭ ޙާލަތެއްގައި މަރުގެ ސަބަބު ފޮރުވުމުގެ ބޭނުމަކީ ކޮބައިބާއެވެ. ފަހަރެއްގައިވެސް ” މަރުވި ސަބަބަކީ އޯވަރ ޑޯޒް ވުމޭ” ލެފްޓިނެންޓް ކާނަލަކު ވިދާޅުވުމަކުން އެކަން ޤަބޫލު ކުރެވޭކަށް ނޯންނާނެއެވެ. އަދި ޤަބޫލު ކޮށްގެންވެސް ނުވާނެއެވެ.
މަރުގެ ތަޙުޤީޤު ފުރިހަމައަށް ކުރުމަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކުރާ ކަމެކެވެ. އަދި މިޒަމާނުގެ ކަމާއި ބެހޭ ޢިލްމާއި ޓެކްނޮލޮޖީގެ އެހީގައި މިފަދަ ތަޙުޤީޤުތައް ކުރުމަކީ އުނދަގޫ ކަމަކަށް ނުވެއެވެ. މަރުގެ މައްސަލަތަކުގައި ކަމުގެ ޙަޤީޤަތް މީހުންނަށް ނޭގުމުގެ ސަބަބުން މަރުގެ ތުހުމަތު އެކި ފަރާތްތަކުގެ ބޮލުގައި އެޅި، މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުމާއި ލޭ އޮހޮރުންތަކެއް ފެށުމުގެ ކުރީން މީހުންގެ މަރުގެ ތަޙުޤީޤު ފުރިހަމައަށް ކުރެއްވުމަށާއި ތަޙްޤީޤް ރިޕޯޓް ( ޕޯސްޓްމޯރޓަމް ރިޕޯޓް) ލިބެން ޖެހޭ ފަރާތްތަކަށް އެރިޕޯޓް ލިބިދިނުމުގެ ޒިންމާ ސަރުކާރުން އުފުއްލަވަންވާނެއެވެ. މީހުން މެރުން ފަދަ ބޮޑު ޖަރީމާ ތަކަށް ހުޅުވިފައިވާ ދޮރު ބަންދު ކުރުމަކީ
ަރުކާރުގެ ފުރިހަމަ މަސްއޫލިއްޔަތު ކަމަށް ވާންވާނެއެވ
Source dhivehiobserver

